ދިވެހިރާއްޖެ
ނަންބަރު: (IUL)262/262/2018/57
އިޢުލާން
ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް އެއަރކޯންގަތުން:
ހދނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް ބޭނުންވާ 17 އެއާރކޯން ގަނެގެންގެނެސް ބަހައްޓައިދޭނެފަރާތެއް ހޯދުމަށް މިއިދާރާއިންކުރި ނަމްބަރ 52/2018/262/262(IUL) (02 ސެޕްޓެމްބަރ 2018) އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާތިލްކޮށް އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ މިދަންނަވާ ސައިޒުތަކުގެ 17 އެއަރކޯން އަމިއްލަޚަރަދުގައި ގެނެސް ކައުންސިލް އިދާރާއިން ދައްކާ ތަންތަނުގައި ބަހައްޓައިދިނުމަށް ޝަޢުޤުވެރިވާ ފަރާތެއްވާނަމަ 04 އޮކްޓޫބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޮކްޓޫބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 10:00ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުންނާއި ގަޑިޖެހިގެން ޙާޟިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިމަސައްކަތާއި ގުޅިގެން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކަށް ޕޮއިންޓްދެވޭ އުޞޫލަކީ :
- ހުށަހަޅުއްވާ އެންމެކުޑަ އަގަކަށް %80
- މާލީ ތަނަވަސްކަމަށް
- ތަޖުރިބާއަށް
ބޭނުންވާ އެއަރކޯނާއިބެހޭ މަޢުލޫމާތު:
05 އެއަރކޯން 9000 BTU ހިޓާޗީ ( އިންވާޓާރ)
07 އެއަރކޯން 24000 BTU ހިޓާޗީ ( އިންވާޓާރ)
02 އެއަރކޯން 12000 BTU ހިޓާޗީ ( އިންވާޓާރ)
03 އެއަރކޯން 18000 BTU ހިޓާޗީ ( އިންވާޓާރ)
މިމަސައްކަތް ކޮށްދިނުމަށް ހުށަހަޅުއްވާ ފަރާތަކީ ފިޔަފާރި ހުއްދައޮތް ފަރާތަކަށް ވާންވާނެއެވެ.
މިހެންވެ މިކަން އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.
17 މުޙައްރަމް 1440
25 ސެޕްޓެމްބަރ 2018