ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)262/262/2018/57
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 08:18
ސުންގަޑި: 11 އޮކްޓޫބަރު 2018 10:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް އެއަރކޯންގަތުމާ ގުޅޭ

ނަންބަރު: (IUL)262/262/2018/57  

އިޢުލާން

ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް އެއަރކޯންގަތުން:

        ހދނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް ބޭނުންވާ 17  އެއާރކޯން ގަނެގެންގެނެސް ބަހައްޓައިދޭނެފަރާތެއް ހޯދުމަށް  މިއިދާރާއިންކުރި ނަމްބަރ 52/2018/262/262(IUL) (02 ސެޕްޓެމްބަރ 2018) އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާތިލްކޮށް އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

           ވީމާ މިދަންނަވާ ސައިޒުތަކުގެ 17 އެއަރކޯން އަމިއްލަޚަރަދުގައި ގެނެސް ކައުންސިލް އިދާރާއިން ދައްކާ ތަންތަނުގައި ބަހައްޓައިދިނުމަށް ޝަޢުޤުވެރިވާ ފަރާތެއްވާނަމަ 04 އޮކްޓޫބަރ  2018 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޮކްޓޫބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 10:00ށް  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުންނާއި ގަޑިޖެހިގެން ޙާޟިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިމަސައްކަތާއި ގުޅިގެން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކަށް ޕޮއިންޓްދެވޭ އުޞޫލަކީ :

  1. ހުށަހަޅުއްވާ އެންމެކުޑަ އަގަކަށް %80
  2. މާލީ ތަނަވަސްކަމަށް       
  3. ތަޖުރިބާއަށް            

ބޭނުންވާ އެއަރކޯނާއިބެހޭ މަޢުލޫމާތު:

05 އެއަރކޯން  9000 BTU ހިޓާޗީ ( އިންވާޓާރ)

07 އެއަރކޯން 24000 BTU ހިޓާޗީ ( އިންވާޓާރ)

02 އެއަރކޯން 12000 BTU ހިޓާޗީ ( އިންވާޓާރ)

03 އެއަރކޯން 18000 BTU ހިޓާޗީ ( އިންވާޓާރ)

 

            މިމަސައްކަތް ކޮށްދިނުމަށް ހުށަހަޅުއްވާ ފަރާތަކީ ފިޔަފާރި ހުއްދައޮތް ފަރާތަކަށް ވާންވާނެއެވެ.

                  މިހެންވެ މިކަން އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.

                          17  މުޙައްރަމް  1440

                          25 ސެޕްޓެމްބަރ 2018                              

                       

                                           

26 ސެޕްޓެންބަރު 2018