ދިވެހިރާއްޖެ
'ވާރލްޑް އިންވެސްޓަރ ވީކް 2018' ފާހަގަކުރުމަށް މިއޮތޯރިޓީން އިސްނަގައިގެން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން 03 އޮކްޓޫބަރު 2018 ވާ އަންގާރަ ދުވަހު އިސްލާމިކް ފައިނޭންސް އާގުޅޭ ވާރކްޝޮޕެއް ހިންގުމަށް ވަނީ ހަމަޖެހިފައިވެއެވެ.
ވާރކްޝޮޕާ ގުޅޭ މަޢުލޫމާތު
ނަން: ވާރކްޝޮޕް އޮން އިސްލާމިކް ފައިނޭންސް
ދާއިރާ: އިސްލާމިކް ފައިނޭންސްގެ އަސާސްތަކާއި ތަކާފުލް (އިސްލާމިކް އިންޝުއަރެންސް)
ކިޔަވައިދޭ ބަސް: ދިވެހި
ވާރކްޝޮޕް އަމާޒުކުރެވިފައިވަނީ: މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް
ތާރީޚާއި ވަގުތު: 03 އޮކްޓޫބަރު 2018ގެ ހެނދުނު 09:00 ން 12:00 އަށް
ޖާގަ: 30 (ނަން ހުށަހަޅާ ތަރުތީބަށް އިސްކަންދެވޭނެއެވެ)
ފީ: ބައިވެރިވުން ހިލޭ
ވީމާ، މި ވާރކްޝޮޕްގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، ނަމާއި ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި އައިޑީކާޑުގެ ކޮޕީ 26 ސެޕްޓެންބަރު 2018 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މި އޮތޯރިޓީގެ އީމެެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.
މި ވާރކްޝޮޕާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3014119 ފޯނަށް ގުޅުއްވުން އެދެމެވެ
10 މުޙައްރަމް 1440
20 ސެޕްޓެންބަރު 2018