ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)179-2/1/2018/16
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 26 ސެޕްޓެންބަރު 2018 13:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު

 

'ވާރލްޑް އިންވެސްޓަރ ވީކް 2018' ފާހަގަކުރުމަށް މިއޮތޯރިޓީން އިސްނަގައިގެން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން 03 އޮކްޓޫބަރު 2018 ވާ އަންގާރަ ދުވަހު އިސްލާމިކް ފައިނޭންސް އާގުޅޭ ވާރކްޝޮޕެއް ހިންގުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ވާރކްޝޮޕާ ގުޅޭ މަޢުލޫމާތު

 

ނަން: ވާރކްޝޮޕް އޮން އިސްލާމިކް ފައިނޭންސް

ދާއިރާ: އިސްލާމިކް ފައިނޭންސްގެ އަސާސްތަކާއި ތަކާފުލް (އިސްލާމިކް އިންޝުއަރެންސް)

ކިޔަވައިދޭ ބަސް: ދިވެހި

ވާރކްޝޮޕް އަމާޒުކުރެވިފައިވަނީ: މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް

ތާރީޚާއި ވަގުތު: 03 އޮކްޓޫބަރު 2018ގެ ހެނދުނު 09:00 ން 12:00 އަށް

ޖާގަ: 30 (ނަން ހުށަހަޅާ ތަރުތީބަށް އިސްކަންދެވޭނެއެވެ)

ފީ: ބައިވެރިވުން ހިލޭ

 

ވީމާ، މި ވާރކްޝޮޕްގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، ނަމާއި ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި އައިޑީކާޑުގެ ކޮޕީ 26 ސެޕްޓެންބަރު 2018 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މި އޮތޯރިޓީގެ އީމެެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

 

މި ވާރކްޝޮޕާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3014119 ފޯނަށް ގުޅުއްވުން އެދެމެވެ

10 މުޙައްރަމް   1440

20 ސެޕްޓެންބަރު 2018

 

 

20 ސެޕްޓެންބަރު 2018