މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ހިޔާ " މަޝްރޫޢުގެ ދަށުން ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން.

"ހިޔާ " މަޝްރޫޢުގެ ދަށުން ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ 13 ކެޓަގަރީއަށް ފޯމު ދޫކުރުމާއި ބަލައިގަތުން، 30 ސެޕްޓެމްބަރ 2018 އާ ހަމައަށް މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. މިމަޝްރޫޢުގެ ދަށުން ދޫކުރެވޭ ފުލެޓަށް އެދޭ ފޯމު، މިމިނިސްޓްރީގެ ހިޔާ އެކްސްޕޯއިންނާއި ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ހިޔާ އެކްސްޕޯއިން 30 ސެޕްޓެމްބަރ 2018  ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

28 އޮގަސްޓް 2018
ހޯދާ