ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-DS2/138/2018/121
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި:
30 ސެޕްޓެންބަރު 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ހިޔާ " މަޝްރޫޢުގެ ދަށުން ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން.
"ހިޔާ " މަޝްރޫޢުގެ ދަށުން ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ 13 ކެޓަގަރީއަށް ފޯމު ދޫކުރުމާއި ބަލައިގަތުން، 30 ސެޕްޓެމްބަރ 2018 އާ ހަމައަށް މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. މިމަޝްރޫޢުގެ ދަށުން ދޫކުރެވޭ ފުލެޓަށް އެދޭ ފޯމު، މިމިނިސްޓްރީގެ ހިޔާ އެކްސްޕޯއިންނާއި ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ހިޔާ އެކްސްޕޯއިން 30 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
28 އޮގަސްޓް 2018