މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އައިޓީ ކޮންސަލްޓެންޓް

އިޢުލާން

 

މަޤާމް:އައިޓީ ކޮންސަލްޓެންޓް

ރިޕޯޓުކުރަންޖެހޭ ފަރާތް: ޕެންޝަން އޮފީހުގެ ބޯޑު ކޮމިޓީ - އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ކޮމިޓީ

ބޭނުންވާ ޢަދަދު:01

ވަޒީފާގެ ބާވަތް:01 އަހަރުގެ ކޮންޓްރެކްޓް

 

ފެންވަރު ނުވަތަ ޝަރުތު:

  1. ދިވެއްސެއް ކަމުގައިވުން؛ އަދި

  2. އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުން ހުރި ދާއިރާއަކުން މާސްޓަރޒް ޑިގްރީއެއް ޙާސިލްކޮށްފައިވުން ؛ އަދި

  3. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނުވަތަ ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ؛ އަދި

  4. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނުވަތަ ގުޅުން ހުރި ދާއިރާގެ ތަޖުރިބާގެ ތެރޭގައި އެގްޒެކެޓިވް ލެވެލްގެ މަޤާމެއްގައި މަދުވެެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ސިޓިން ފީ:

ސިޓިން ފީއެއްގެ ގޮތުގައި، -/3،000 (ތިންހާސް ރުފިޔާ) އާއި -/5،000 (ފަސްހާސް ރުފިޔާ) އާއި ދެމެދުގެ އަދަދެއް ދެވޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމުގެ މަސްޢޫލިއްޔަތުތަކާއި އެހެނިހެން މުހިއްމު މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް www.pension.gov.mv  ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ  ސިޓީ ( ކަވަރ ލެޓަރ)

  • މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

  • މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔެކިޔުން  

 

ނޯޓް:

  • މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ސެޕްޓެންބަރު 2018 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެންމެހައި ލިޔެކިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)

ޗާނދަނީ މަގު،  މާލެ، ދިވެހިރާއްޖެ

ފޯން: 1441

އީމެއިލް: [email protected]

 

27  އޯގަސްޓް  2018

 

27 އޮގަސްޓް 2018
ހޯދާ