ދިވެހިރާއްޖެ
އިޢުލާން
މަޤާމް:އައިޓީ ކޮންސަލްޓެންޓް
ރިޕޯޓުކުރަންޖެހޭ ފަރާތް: ޕެންޝަން އޮފީހުގެ ބޯޑު ކޮމިޓީ - އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ކޮމިޓީ
ބޭނުންވާ ޢަދަދު:01
ވަޒީފާގެ ބާވަތް:01 އަހަރުގެ ކޮންޓްރެކްޓް
ފެންވަރު ނުވަތަ ޝަރުތު:
-
ދިވެއްސެއް ކަމުގައިވުން؛ އަދި
-
އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުން ހުރި ދާއިރާއަކުން މާސްޓަރޒް ޑިގްރީއެއް ޙާސިލްކޮށްފައިވުން ؛ އަދި
-
އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނުވަތަ ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ؛ އަދި
-
އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނުވަތަ ގުޅުން ހުރި ދާއިރާގެ ތަޖުރިބާގެ ތެރޭގައި އެގްޒެކެޓިވް ލެވެލްގެ މަޤާމެއްގައި މަދުވެެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ސިޓިން ފީ:
ސިޓިން ފީއެއްގެ ގޮތުގައި، -/3،000 (ތިންހާސް ރުފިޔާ) އާއި -/5،000 (ފަސްހާސް ރުފިޔާ) އާއި ދެމެދުގެ އަދަދެއް ދެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތައް:
މިމަޤާމުގެ މަސްޢޫލިއްޔަތުތަކާއި އެހެނިހެން މުހިއްމު މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
-
މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ ( ކަވަރ ލެޓަރ)
-
މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)
-
ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
-
މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔެކިޔުން
ނޯޓް:
-
މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
ސުންގަޑި:
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ސެޕްޓެންބަރު 2018 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެންމެހައި ލިޔެކިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)
ޗާނދަނީ މަގު، މާލެ، ދިވެހިރާއްޖެ
ފޯން: 1441
އީމެއިލް: [email protected]
27 އޯގަސްޓް 2018