މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ޑްރައިވަރ (ސީއެމްބިއުލަންސް)

ބ. އޭދަފުށީގައި އޮންނަ ސީ އެމްބިއުލަންސްއަށް  ކޮންޓްރެކްޓް އުޞޫލުން މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

 

މަޤާމު:

ޑްރައިވަރ

ބޭނުންވާ އަދަދު:

1

މުސާރަ:

(މަހަކު) -/5020 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/2000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ 

ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު -/1757 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު -/8877 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ އާއި،  ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އާއްމުކޮށް މަސައްކަތް ކުރަންޖޭ ތަން.

ބ. އޭދަފުށި އަދި ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި

ފެންވަރު ނުވަތަ ޝަރުތު:

 

1-      ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ،ބީ،ސީ ލައިސަންސް ލިބިފައިވުން.

2-      ޕެޓްރޯލް އަދި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖްރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްހުރި މީހަކު ކަމުގައިވުން.

ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް ގެންދިއުން.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ 25 ޖުލައި 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ ބ. އަތޮޅު ކައުންސިލް އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

                 28 ޝައްވާލް 1439

                 12 ޖުލައި   2018

12 ޖުލައި 2018
ހޯދާ