ދިވެހިރާއްޖެ
ބ. އޭދަފުށީގައި އޮންނަ ސީ އެމްބިއުލަންސްއަށް ކޮންޓްރެކްޓް އުޞޫލުން މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.
މަޤާމު: |
ޑްރައިވަރ |
ބޭނުންވާ އަދަދު: |
1 |
މުސާރަ: |
(މަހަކު) -/5020 ރުފިޔާ |
ސަރވިސް އެލަވަންސް: |
(މަހަކު) -/2000 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ |
ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު -/1757 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު -/8877 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ އާއި، ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
އާއްމުކޮށް މަސައްކަތް ކުރަންޖޭ ތަން. |
ބ. އޭދަފުށި އަދި ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި |
ފެންވަރު ނުވަތަ ޝަރުތު:
|
1- ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ،ބީ،ސީ ލައިސަންސް ލިބިފައިވުން. 2- ޕެޓްރޯލް އަދި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖްރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްހުރި މީހަކު ކަމުގައިވުން. |
ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް ގެންދިއުން. |
އިތުރު މަޢުލޫމާތު: |
މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ 25 ޖުލައި 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ ބ. އަތޮޅު ކައުންސިލް އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ. |
28 ޝައްވާލް 1439
12 ޖުލައި 2018