ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ގުދަންކުރުމަށާއި ޞިނާޢީ މަސައްކަތްތަކަށް ކ.ތިލަފުށިން ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ނަމްބަރު: GMIZL/PROC-TA/2018/019

ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ކ. ތިލަފުށީ ތިލަފުށި އިންޑަސްޓްރިއަލް ޒޯނުން ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާން ނަމްބަރ (GMIZL/PROC-TA/2018/010) ގެ ދަށުން ކުރިއަށް ގެންދިޔަ ޓެންޑަރ، މެނޭޖްމަންޓް ރިވިއު އެއް ކުރުމަށް އެ އިޢުލާން ވަނީ ބާޠިލްކުރެވިފައެވެ. ނަމަވެސް މިހާރު މި ރިވިއު ނިމިފައިވުމާއިއެކު ބިންކުއްޔަށް ހިފުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ މި ސަރަހައްދުން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ރަޖިސްޓްރީކުރުން

ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ)

-

15 ޖުލައި އިން 23 ޖުލައި 2018

08:30 – 13:00 އަށް

ބީލަން ފޮތް ދޫކުރުން

-

25 - 30 ޖުލައި 2018

10:00 – 12:00 އަށް

13:00 – 15:00 އަށް

ޕްރީ ބިޑް މީޓިންގ

ފަހުން އިޢުލާން ކުރެވޭނެ

އަންގާރަ

31 ޖުލައި 2018

13:30 ގައި

ބިޑް ސެކިއުރިޓީ ހުށަހެޅުން

ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ)

-

01 އޮގަސްޓް އިން 13 އޮގަސްޓް 2018

08:30 – 13:00 އަށް

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ފަހުން އިޢުލާން ކުރެވޭނެ

ބުރާސްފަތި

16 އޮގަސްޓް 2018

13:30 ގައި

 

  • ރަޖިސްޓްރީ ކުރުމުގެ އަގަކީ 200.00ރ. (ދުއިސައްތަ ރުފިޔާ) އެވެ. ބީލަން ހުށަހަޅުއްވަން ގަސްތުކުރައްވާ ކޮންމެ ޕްލޮޓަކަށް ވަކިން ރަޖިސްޓްރީކުރައްވަން ވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
  • ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާން ނަމްބަރ (GMIZL/PROC-TA/2018/010) އާއި ގުޅިގެން ރަޖިސްޓްރީ ކުރި ފަރާތްތަކުން އަލުން  ރަޖިސްޓްރީކުރައްވާކަށް ނުޖެހޭނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ 3 (ތިނެއް) ޕްލޮޓަށެވެ.
  • ބީލަން ހުށަހަޅުއްވާ ކޮންމެ ޕްލޮޓަކަށް 5,000.00ރ. (ފަސް ހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 13 އޮގަސްޓް 2018 ވާ ހޯމަ ދުވަހުގެ 13:00 އެވެ.

ނޯޓް: ރެޖިސްޓްރީ ކުރެއްވުމަށް ވަޑައިގަންނަވާއިރު ކުންފުންޏެއްނަމަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ އަދި އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ދެއްކުމަށް ވަޑައިގަންނަވާއިރު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވިކަން އަންގައިދޭ ރަޖިސްޓްރޭޝަން ސްލިޕް ގެނަނަވަން ވާނައެވެ.

ބީލަން ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދެއްވަންވީ ކަންކަން:  

 

  • ބީލަން ހުށަހަޅުއްވަންވާނީ ކުއްޔަށް ހިފަން އެދިލައްވާ ކޮންމެ ޕްލޮޓަކަށް ވަކިންނެވެ.
  • ބީލަން ހުށަހަޅުއްވާފައިވާ ބިޑް ވެލިޑިޓީގެ މުއްދަތު މަދުވެގެން 120 (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
  • ބީލަން ހުށަހަޅުއްވަންވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ޖީ.އެމް.އައި.ޒެޑް.އެލް އަށް ލިބިގެންވެއެވެ.

 

ބީލަން ހުށަހެޅުއްވޭނީ 13 އޮގަސްޓް 2018 ވާ ހޯމަ ދުވަހުގެ 13:00 ކުރިން ބިޑް ސެކިއުރިޓީ ދައްކަވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނެ ތަނެއް ފަހުން އިޢުލާން ކުރެވޭނެއެވެ.

 

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ވެބްސައިޓް https://gmizl.com.mv/home/downloads އިން ލިބިވަޑައިގަންނަވާނެއެވެ.   

12 ޖުލައި 2018

28 ޝައްވާލް 1439

 

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި                                                                                           Fen Building/ 4th floor

އަމީނީމަގު، މާލެ، ދިވެހިރާއްޖެ                                                                        Ameenee Magu, Male’, Republic of Maldives

ފޯން: 3307513،3307515 ފެކްސް: 3307514                                                                 Tel: 3307513, 3307515 Fax: 3307514

12 ޖުލައި 2018
ހޯދާ