ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: GMIZL/PROC-TA/2018/019
ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ކ. ތިލަފުށީ ތިލަފުށި އިންޑަސްޓްރިއަލް ޒޯނުން ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާން ނަމްބަރ (GMIZL/PROC-TA/2018/010) ގެ ދަށުން ކުރިއަށް ގެންދިޔަ ޓެންޑަރ، މެނޭޖްމަންޓް ރިވިއު އެއް ކުރުމަށް އެ އިޢުލާން ވަނީ ބާޠިލްކުރެވިފައެވެ. ނަމަވެސް މިހާރު މި ރިވިއު ނިމިފައިވުމާއިއެކު ބިންކުއްޔަށް ހިފުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ މި ސަރަހައްދުން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ރަޖިސްޓްރީކުރުން |
ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ) |
- |
15 ޖުލައި އިން 23 ޖުލައި 2018 |
08:30 – 13:00 އަށް |
ބީލަން ފޮތް ދޫކުރުން |
- |
25 - 30 ޖުލައި 2018 |
10:00 – 12:00 އަށް 13:00 – 15:00 އަށް |
|
ޕްރީ ބިޑް މީޓިންގ |
ފަހުން އިޢުލާން ކުރެވޭނެ |
އަންގާރަ |
31 ޖުލައި 2018 |
13:30 ގައި |
ބިޑް ސެކިއުރިޓީ ހުށަހެޅުން |
ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ) |
- |
01 އޮގަސްޓް އިން 13 އޮގަސްޓް 2018 |
08:30 – 13:00 އަށް |
ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން |
ފަހުން އިޢުލާން ކުރެވޭނެ |
ބުރާސްފަތި |
16 އޮގަސްޓް 2018 |
13:30 ގައި |
- ރަޖިސްޓްރީ ކުރުމުގެ އަގަކީ 200.00ރ. (ދުއިސައްތަ ރުފިޔާ) އެވެ. ބީލަން ހުށަހަޅުއްވަން ގަސްތުކުރައްވާ ކޮންމެ ޕްލޮޓަކަށް ވަކިން ރަޖިސްޓްރީކުރައްވަން ވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
- ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާން ނަމްބަރ (GMIZL/PROC-TA/2018/010) އާއި ގުޅިގެން ރަޖިސްޓްރީ ކުރި ފަރާތްތަކުން އަލުން ރަޖިސްޓްރީކުރައްވާކަށް ނުޖެހޭނެއެވެ.
- ކޮންމެ ފަރާތަކަށްވެސް އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ 3 (ތިނެއް) ޕްލޮޓަށެވެ.
- ބީލަން ހުށަހަޅުއްވާ ކޮންމެ ޕްލޮޓަކަށް 5,000.00ރ. (ފަސް ހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 13 އޮގަސްޓް 2018 ވާ ހޯމަ ދުވަހުގެ 13:00 އެވެ.
ނޯޓް: ރެޖިސްޓްރީ ކުރެއްވުމަށް ވަޑައިގަންނަވާއިރު ކުންފުންޏެއްނަމަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ އަދި އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ދެއްކުމަށް ވަޑައިގަންނަވާއިރު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވިކަން އަންގައިދޭ ރަޖިސްޓްރޭޝަން ސްލިޕް ގެނަނަވަން ވާނައެވެ.
ބީލަން ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދެއްވަންވީ ކަންކަން:
- ބީލަން ހުށަހަޅުއްވަންވާނީ ކުއްޔަށް ހިފަން އެދިލައްވާ ކޮންމެ ޕްލޮޓަކަށް ވަކިންނެވެ.
- ބީލަން ހުށަހަޅުއްވާފައިވާ ބިޑް ވެލިޑިޓީގެ މުއްދަތު މަދުވެގެން 120 (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
- ބީލަން ހުށަހަޅުއްވަންވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ޖީ.އެމް.އައި.ޒެޑް.އެލް އަށް ލިބިގެންވެއެވެ.
ބީލަން ހުށަހެޅުއްވޭނީ 13 އޮގަސްޓް 2018 ވާ ހޯމަ ދުވަހުގެ 13:00 ކުރިން ބިޑް ސެކިއުރިޓީ ދައްކަވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނެ ތަނެއް ފަހުން އިޢުލާން ކުރެވޭނެއެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ވެބްސައިޓް https://gmizl.com.mv/home/downloads އިން ލިބިވަޑައިގަންނަވާނެއެވެ.
12 ޖުލައި 2018
28 ޝައްވާލް 1439
ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި Fen Building/ 4th floor
އަމީނީމަގު، މާލެ، ދިވެހިރާއްޖެ Ameenee Magu, Male’, Republic of Maldives
ފޯން: 3307513،3307515 ފެކްސް: 3307514 Tel: 3307513, 3307515 Fax: 3307514