ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: |
ސީނިއަރ ކިއު.އޭ އިންސްޕެކްޓަރ |
ބޭނުންވާ ޢަދަދު |
1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ކޮލިޓީ ކޮންޓްރޯލް ޑިޕާރޓްމަންޓް / ކަނޑުއޮތްގިރި ފިޝިންގ ވިލެޖް |
އަސާސީ މުސާރަ: |
4950.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60 އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން ފައިސާ ލިބޭނެއެވެ. |
ޝަރުޠު: |
|
މަޤާމުގެ މަސްޢޫލިއްޔަތު: |
1 ކަނޑުއޮތްގިރިއަށް ގަންނަ މަހުގެ އިންސްޕެކްޝަން ހެދުމާއި، ގުޅުންހުރި ޓެސްޓްތަކާއި، ތަހުލީލްތައް ހެދުން. 2 ސާމްޕަލް ނަގައި ރައްކާތެރިކަމާއެކު ބެލެހެއްޓުން. 3 މައިކްރޯ ބައޮލޮޖީ އެނަލިސިސް ހެދުން. 4 ލެބޯރެޓްރީ އިކްއިޕްމަންޓްސް ކެލިބަރޭޓްކުރުމާއި އިންވެންޓްރީ ބެލެހެއްޓުން. 5 ޑިޕާރޓްމަންޓްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި، ރިޕޯރޓްތައް ރައްކާތެރިކަމާއިއެކު ބަލަހައްޓައި މޮނިޓަރކުރުން. |
ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.
މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ(އަސްލާއެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު) ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932އެކްސްޓެންޝަން 300 އަށް ގުޅުއްވުން އެދެމެވެ.
12 ޖުލައި 2018