ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2018/21
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 19 ޖުލައި 2018 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ކިއު.އޭ އިންސްޕެކްޓަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

 ސީނިއަރ ކިއު.އޭ އިންސްޕެކްޓަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކޮލިޓީ ކޮންޓްރޯލް ޑިޕާރޓްމަންޓް / ކަނޑުއޮތްގިރި ފިޝިންގ ވިލެޖް

އަސާސީ މުސާރަ:

4950.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން ފައިސާ ލިބޭނެއެވެ.

ޝަރުޠު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން  ސާބިތު  ކޮށްދިނުމާއިއެކު  އޭ.ލެވެލް އިމްތިޙާނުން ބައޮލޮޖީ، ކެމިސްޓްރީ ނުވަތަ ފިޒިކްސް ތިންމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި'  މިމާއްދާއިން އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން. އަދި ގުޅުންހުރި ދާއިރާއެއްގައި ވަޒީފާގައިއުޅެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

1 ކަނޑުއޮތްގިރިއަށް ގަންނަ މަހުގެ އިންސްޕެކްޝަން ހެދުމާއި، ގުޅުންހުރި ޓެސްޓްތަކާއި، ތަހުލީލްތައް ހެދުން.

2 ސާމްޕަލް ނަގައި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

3 މައިކްރޯ ބައޮލޮޖީ އެނަލިސިސް ހެދުން.

4 ލެބޯރެޓްރީ އިކްއިޕްމަންޓްސް ކެލިބަރޭޓްކުރުމާއި އިންވެންޓްރީ ބެލެހެއްޓުން.

5 ޑިޕާރޓްމަންޓްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި، ރިޕޯރޓްތައް ރައްކާތެރިކަމާއިއެކު ބަލަހައްޓައި މޮނިޓަރކުރުން.

 

ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.   

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ(އަސްލާއެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު)  ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 އަށް ގުޅުއްވުން އެދެމެވެ.

                            12 ޖުލައި 2018 

12 ޖުލައި 2018