މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮއްދޫ ކައުންސިލް އިދާރާގައި ކުލަ ދަވާދު ލުމާއި މަރާމާތު ،މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްމިއިދާރާއިން ކުރިނ ނަންބަރ:(IUL)296/296/2018/24 އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަގު ބޮޑު ކަމަށް ފެނަނާތީ އެޢިއުލާން ބާޠިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ ، ތިރީގައި މި ދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

  • ކައުންސިލް އިދާރާގައި ކުލަދަވާދުލުން
  • ފެންޑާ ސީލިންގް  ބަދަލުކުރުން
  • ބައެއް ބޮޑު ދޮރު އެލްމޭނިއަމް ދޮރަށް ބަދަލް ކުރުން.

މައުލޫމާތު  ސާފުކޮށްދިނުން އޮންނާނީ 2018 ޖުލައި1 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ 2018 ޖުލައި 4 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށެވެ.  މި މަސައްކަތަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18)  ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާޢި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެ.

   ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

25 ޖޫން 2018
ހޯދާ