ދިވެހިރާއްޖެ
މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްމިއިދާރާއިން ކުރިނ ނަންބަރ:(IUL)296/296/2018/24 އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަގު ބޮޑު ކަމަށް ފެނަނާތީ އެޢިއުލާން ބާޠިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ ، ތިރީގައި މި ދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
- ކައުންސިލް އިދާރާގައި ކުލަދަވާދުލުން
- ފެންޑާ ސީލިންގް ބަދަލުކުރުން
- ބައެއް ބޮޑު ދޮރު އެލްމޭނިއަމް ދޮރަށް ބަދަލް ކުރުން.
މައުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2018 ޖުލައި1 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ 2018 ޖުލައި 4 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށެވެ. މި މަސައްކަތަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާޢި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.