ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ ނަންބަރ: (IUL)416-CAA/416/2018/39 (29 މެއި 2018) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
މަޤާމް |
މިސްކިތު މަސައްކަތު (ވަގުތީ) |
ބޭނުންވާ އަދަދު: |
01 (އެކެއް) |
ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު: |
ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓް ހިމަނައިގެން ދުވާލަކު 5 ގަޑިއިރު މަސައްކަތްކުރާ ގޮތަށް.
|
އުޖޫރަ: |
މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެ އިރަކަށް 40/- ރުފިޔާ |
މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: |
ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތު |
މަޤާމުގެ ޝަރުޠު: |
ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން. |
މަޤާމުގެމައިގަނޑު މަސްއޫލިއްޔަތު: |
އެއްބަސްވުމުގައިވާގޮތަށް، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މަޤާމާ ގުޅޭ އެހެނިހެން ކަންކަން ކުރުން. |
ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް: |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މިމަޤާމަށް އެދޭ ފަރާތްތަކުން 11 ޖޫން 2018 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ވަޒީފާއަށް އެދި މިއިދާރާއަށް ސިޓީ ހުށަހަޅަން ވާނެއެވެ. |