ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)416-CAA/416/2018/44
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 11 ޖޫން 2018 12:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިސްކިތު މަސައްކަތު މީހުން ބޭނުންވެއްޖެ!

އިޢުލާން

މިއިދާރާގެ ނަންބަރ: (IUL)416-CAA/416/2018/39 (29 މެއި 2018) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

މަޤާމް

މިސްކިތު މަސައްކަތު   (ވަގުތީ)

ބޭނުންވާ އަދަދު:

01 (އެކެއް)

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު:

ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓް ހިމަނައިގެން ދުވާލަކު 5 ގަޑިއިރު މަސައްކަތްކުރާ ގޮތަށް.

 

އުޖޫރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެ އިރަކަށް 40/- ރުފިޔާ

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން:

ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތު

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތު:

އެއްބަސްވުމުގައިވާގޮތަށް، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މަޤާމާ ގުޅޭ އެހެނިހެން ކަންކަން ކުރުން.

ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. އައި.ޑީ ކާޑުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދޭ ފަރާތްތަކުން 11 ޖޫން 2018 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ވަޒީފާއަށް އެދި މިއިދާރާއަށް ސިޓީ ހުށަހަޅަން ވާނެއެވެ.

 

05 ޖޫން 2018