އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އެނިމޭޝަނާއި ވީޑިއޯ އުފެއްދުމުގެ މުބާރާތް 2013

އެނިމޭޝަނާއި ވީޑިއޯ އުފެއްދުމުގެ މުބާރާތް2013

(ވީޑިއޯ ޕަބްލިކް ސާވިސް އެނައުންސްމަންޓް (ޕީ.އެސް.އޭ) އުފެއްދުން)

ANIMATION AND VIDEO PRODUCTION COMPETION 2013      

ސުރުޙީގައި   ދެންނެވިފައިވާ މުބާރާތަކީ ބައިނަލް އަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ  މުނާސަބަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން އަދި   ޔޫ.އެން.ޑީ.ޕީގެ އެހީއާއެކު ހުޅުވާލެވޭ މުބާރާތެކެވެ.     މި މުބާރާތަކީ ކޮރަޕްޝަނާ ދެކޮޅަށްކުރެވޭ ކެމްޕޭން ތަކުގައި  ޒުވާނުން ބައިވެރިކޮށް، ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން ޙަރަކާތްތެރިވާ  މިންވަރު އިތުރުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ދިވެހި ޒުވާނުންގެ މެދުގަ އާއި ޢާންމުކޮށް ހުޅުވާލެވޭ އެނިމޭޝަން އަދި ވީޑިއޯ ޕްރޮޑަކްޝަންގެ މުބާރާތުގެ  ޒަރީއާއިން ޢާންމުން ހޭލުންތެރިކުރުމުގެ ބޭނުމުގައި ހުޅުވާލެވޭ މުބާރާތެކެވެ.

  މުބާރާތަށް   ޝައުޤުވެރިވާ ހުނަރުވެރި ފަރާތްތައް ބައިވެރިވުމުގެ ފުރުޞަތު މިއަދުން  ފެށިގެން ހުޅުވާލަމެވެ. މުބާރާތަށް ކަނޑައެޅިފައިވާ އިނާމު ތަކަކީ:

  1.     އެއްވަނައަށް ހޮވޭ ފަރާތަކަށް -/ 12,000 ރުފިޔާ އާއި ވީޑިއޯ ކެމެރާއެއް
  2.     ދެވަނައަށް ހޮވޭ ފަރާތަކަށް  -/ 9,000 ރުފިޔާ
  3.     ތިންވަނައަށް ހޮވޭ ފަރާތަކަށް  -/ 7,000 ރުފިޔާ        

މި މުބާރާތާބެހޭ  މަޢުލޫމާތާއި ގަވާއިދު އަދި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިކަން   ފާޅުކުރުމާއި ބައިވެރިވުމުގެ ފޯމު ކޮމިޝަނުގެ ވެބްސައިޓުން (www.acc.gov.mv) ނާއި   ކޮމިޝަނުގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް   ގުޅުއްވާނީ ކޮމިޝަނުގެ ނަންބަރު 3015200 / 3015257 ފޯނަށެވެ.

09 ޑިސެންބަރު 2013
ހޯދާ