ދިވެހިރާއްޖެ
އެނިމޭޝަނާއި ވީޑިއޯ އުފެއްދުމުގެ މުބާރާތް2013
(ވީޑިއޯ ޕަބްލިކް ސާވިސް އެނައުންސްމަންޓް (ޕީ.އެސް.އޭ) އުފެއްދުން)
ANIMATION AND VIDEO PRODUCTION COMPETION 2013
ސުރުޙީގައި ދެންނެވިފައިވާ މުބާރާތަކީ ބައިނަލް އަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން އަދި ޔޫ.އެން.ޑީ.ޕީގެ އެހީއާއެކު ހުޅުވާލެވޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮރަޕްޝަނާ ދެކޮޅަށްކުރެވޭ ކެމްޕޭން ތަކުގައި ޒުވާނުން ބައިވެރިކޮށް، ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން ޙަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ދިވެހި ޒުވާނުންގެ މެދުގަ އާއި ޢާންމުކޮށް ހުޅުވާލެވޭ އެނިމޭޝަން އަދި ވީޑިއޯ ޕްރޮޑަކްޝަންގެ މުބާރާތުގެ ޒަރީއާއިން ޢާންމުން ހޭލުންތެރިކުރުމުގެ ބޭނުމުގައި ހުޅުވާލެވޭ މުބާރާތެކެވެ. މުބާރާތަށް ޝައުޤުވެރިވާ ހުނަރުވެރި ފަރާތްތައް ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލަމެވެ. މުބާރާތަށް ކަނޑައެޅިފައިވާ އިނާމު ތަކަކީ:
މި މުބާރާތާބެހޭ މަޢުލޫމާތާއި ގަވާއިދު އަދި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރުމާއި ބައިވެރިވުމުގެ ފޯމު ކޮމިޝަނުގެ ވެބްސައިޓުން (www.acc.gov.mv) ނާއި ކޮމިޝަނުގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ކޮމިޝަނުގެ ނަންބަރު 3015200 / 3015257 ފޯނަށެވެ. |