މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީ ލޭބަރުން ގެނެސް ދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ

މިރަށު ވޭސްޓް މެނޭޖްމެންޓް ސެނަޓަރ ގައި މަސައްކަތް ކުރުމަށްޓަކައި ބިދޭސީ ލޭބަރުން ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި އިޢުލާން(IUL)/296/2018/32އަށްއެއްވެސް ފަރާތަކުން އަގު ހުށައަޅުއްވާފައި ނުވާތީ ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ.

          މައުލޫމާތު ސާފު ކޮށްދިނުން އޮންނާނީ 31މެއި 2018 ވާ  ބުރާސްފަތި ދުވަހުގެ 13:00 ގައި ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ04ޖޫން 2018 ވާ ހޯމަދުވަހުގެ 13:00ށް މިއިދާރާއަށެވެ.

 މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ. މި ކަމަށް އެދި ކުރިމަތި ލެވޭނީ  ވިޔަފާރީގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

28 މޭ 2018
ހޯދާ