ދިވެހިރާއްޖެ
މިރަށު ވޭސްޓް މެނޭޖްމެންޓް ސެނަޓަރ ގައި މަސައްކަތް ކުރުމަށްޓަކައި ބިދޭސީ ލޭބަރުން ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި އިޢުލާން(IUL)/296/2018/32އަށްއެއްވެސް ފަރާތަކުން އަގު ހުށައަޅުއްވާފައި ނުވާތީ ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ.
މައުލޫމާތު ސާފު ކޮށްދިނުން އޮންނާނީ 31މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ04ޖޫން 2018 ވާ ހޯމަދުވަހުގެ 13:00ށް މިއިދާރާއަށެވެ.
މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ. މި ކަމަށް އެދި ކުރިމަތި ލެވޭނީ ވިޔަފާރީގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.