ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާ މައިޒާންތަކާއި، ޕާކުތަކާއި، ބީޗު ފަދަ ތަންތަނުގައި އެކިއެކި ހަރަކާތްތަށް ބޭއްވުމަށް ކުއްޔަށްދިނުމާއިބެހޭ އުސޫލުގެ 2ވަނަ މާއްދާގެ (ހ) އަދި 3ވަނަ މާއްދާގެ (ޅ)ގެ ދަށުން ސުނާމީ ބިނާ މައިޒާން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، މި މައިޒާން ކުއްޔަށް ދޫކުރެވޭ ބޭނުމާއި އަގު ތިރީގައި މިވަނީއެވެ.
ތަން |
ދޫކުރެވޭ ބޭނުން |
ކުއްޔަށް ދޫކުރާތަނުގައި ހިންގޭނެ ހަރަކާތްތައް / ދޫކުރެވޭ ފަރާތް |
ގަޑި އިރަކަށްޖެހޭ ކުލި |
ސުނާމީ ބިނާ މައިޒާން |
ހުރިހާ އުމުރަކާއި ގުޅޭ ހަރަކާތްތައް ހިންގުމަށް |
އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށާއި ސްކޫލްތަކަށާއި ދަޢުލަތުގެ އެކި މުޢައްސަސާތަށާއި ޖަމިޢިއްޔާ ޖަމާޢަތްތަކަށް |
-/250 |
ކުޑަކުދިންގެ ހަރަކާތްތަކަށް (އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށާއި ސްކޫލްތަކަށާއި ދަޢުލަތުގެ އެކި މުޢައްސަސާތަށާއި ޖަމިޢިއްޔާ ޖަމާޢަތްތަކަށް) |
-/100 |
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.