ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS1/1/2018/171
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2018
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 13 ޖުލައި 2018 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާ މައިޒާންތަކާއި، ޕާކުތަކާއި، ބީޗު ފަދަ ތަންތަނުގައި އެކިއެކި ހަރަކާތްތަށް ބޭއްވުމަށް ކުއްޔަށްދިނުމާއިބެހޭ އުސޫލުގެ 2ވަނަ މާއްދާގެ (ހ) އަދި 3ވަނަ މާއްދާގެ (ޅ)ގެ ދަށުން ސުނާމީ ބިނާ މައިޒާން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، މި މައިޒާން ކުއްޔަށް ދޫކުރެވޭ ބޭނުމާއި އަގު ތިރީގައި މިވަނީއެވެ.

ތަން

ދޫކުރެވޭ ބޭނުން

ކުއްޔަށް ދޫކުރާތަނުގައި ހިންގޭނެ ހަރަކާތްތައް / ދޫކުރެވޭ ފަރާތް

ގަޑި އިރަކަށްޖެހޭ ކުލި

 

 

ސުނާމީ ބިނާ މައިޒާން

 

 

ހުރިހާ އުމުރަކާއި ގުޅޭ ހަރަކާތްތައް ހިންގުމަށް

އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށާއި ސްކޫލްތަކަށާއި ދަޢުލަތުގެ އެކި މުޢައްސަސާތަށާއި ޖަމިޢިއްޔާ ޖަމާޢަތްތަކަށް

-/250

ކުޑަކުދިންގެ ހަރަކާތްތަކަށް (އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށާއި ސްކޫލްތަކަށާއި ދަޢުލަތުގެ އެކި މުޢައްސަސާތަށާއި ޖަމިޢިއްޔާ ޖަމާޢަތްތަކަށް)

-/100

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

13 މޭ 2018