ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް
މާލެ
ދިވެހިރާއްޖެ
ނަންބަރު:FAM/IUL/2018/0006
އިއުލާން
1 އިން 10 މޭ 2018 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯލް ބޭސިކް ރެފްރީސް ކޯހުގައި ބައިވެރިވުމަށް ބޭނުންވާ (އަންހެން / ފިރިހެން) އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދު އުމުރުފުރާގެ ފަރާތްތަކުން، މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 22 އޭޕްރީލް 2018 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށައަޅާ ފޯމްތަކަށް ބެލުމަށްފަހު ކޯހަށް ހޮވޭ ފަރާތްތަކުން ކޯހުގެ ފީއެއްގެ ގޮތުގައި -/1،500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ) ދައްކަންވާނެއެވެ.
މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އެފް.އޭ.އެމްގެ ކައުންޓަރުން ހެނދުނު 09:00 ން މެންދުރު 16:00 އާއި ހަމަޔަށް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
8 އޭޕްރީލް 2018