ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫސިޓީގެ އަންހެން ކަނބަލުންނަށް، ޕޭސްޓްރީއެޑްވާންސް ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)WDC(2)/2018/01 އިޢުލާނާއި ގުޅިގެން އެއްމެ ފަރާތަކުން އިޖާބަދީފައި ވާތީ އެ އިޢުލާނު ބާޠިލުކޮށް، މިފުރުޞަތު އަލުން ހުޅުވާލައި މިކަން ޢާއްމުކޮށް އިޢުލާނުކުރީމެވެ.
މި ކޯހަކީ އައްޑޫސިޓީގެ 70 އަންހެން ކަނބަލުންނަށް 06 ވައްތަރުގެ ދަބަސް ފަހަން ދަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ ކޯހެކެވެ. އެހެން ކަމުން މިކޯސް ހިންގައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ ކަންކަން ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
- ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު.
- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު.
- ކޯސް ކުރިޔަށް ގެންދާނެގޮތް.
- ކޯހުގެ މުއްދަތު.
- ކޯސް ހިންގައިދޭނޭ އަގު.
މާރކުސް ދެވޭނެގޮތް:
- އަގު %30
- ތަޖުރިބާ %30
- މުއްދަތު %20
- ހުށަހެޅުން %20
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 12 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ކައުންސިލް އިދާރާގައި ހުންނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 13:30 ގެފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
18 ރަޖަބް 1439