މަސައްކަތް
ނަންބަރު: (IUL)WDC(2)/2018/05
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 12 އޭޕްރިލް 2018 13:30
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި އެޑްވާންސް ޕޭސްޓްރީ ކޯހެއް ހިންގައިދޭނެ އިންސްޓްރަކްޓަރެއް ހޯދުމަށް

އިޢުލާން

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫސިޓީގެ އަންހެން ކަނބަލުންނަށް، ޕޭސްޓްރީއެޑްވާންސް ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)WDC(2)/2018/01 އިޢުލާނާއި ގުޅިގެން އެއްމެ ފަރާތަކުން އިޖާބަދީފައި ވާތީ އެ އިޢުލާނު ބާޠިލުކޮށް، މިފުރުޞަތު އަލުން ހުޅުވާލައި މިކަން ޢާއްމުކޮށް އިޢުލާނުކުރީމެވެ.  

މި ކޯހަކީ އައްޑޫސިޓީގެ 70 އަންހެން ކަނބަލުންނަށް 06 ވައްތަރުގެ ދަބަސް ފަހަން ދަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ ކޯހެކެވެ. އެހެން ކަމުން މިކޯސް ހިންގައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ ކަންކަން ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 

- ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު.

- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު.

- ކޯސް ކުރިޔަށް ގެންދާނެގޮތް.

- ކޯހުގެ މުއްދަތު.

- ކޯސް ހިންގައިދޭނޭ އަގު.

މާރކުސް ދެވޭނެގޮތް:

- އަގު %30

- ތަޖުރިބާ %30

- މުއްދަތު %20

- ހުށަހެޅުން %20

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 12 އޭޕްރީލް 2018 ވާ  ބުރާސްފަތި ދުވަހުގެ 13:30 އަށް ކައުންސިލް އިދާރާގައި ހުންނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 13:30 ގެފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

18 ރަޖަބް 1439

05 އޭޕްރިލް 2018