ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ފުރުޞަތު: މާރިޗު 2018

މި ޑިޕާޓްމަންޓްގެ އިޢުލާން ނަންބަރު (IUL)166-Loan/166/2018/ 24 ގެ ދަށުން ރާއްޖެއަށް ކަނޑައަޅާ އިޢުލާންކުރި 50 އެމް.ބީ.ބީ.އެސް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި 15 އެޕްރީލް 2018 ގެ 13.30 އަށް އިތުރު ކޮށްފައިވާ ކަމުގައި ދެންނެވީމެވެ.

 

އަދި މި ޑިޕާޓްމަންޓްގެ އިޢުލާން ނަންބަރު (IUL)166-Loan/166/2018/ 25 ގެ ދަށުން ރާއްޖޭގައި މިހާރު ޕައިލެޓް ލައިސަންސް ފުރިހަމަކުރަމުންދާ ފަރާތްތަކަށް ހުޅުވާލި 10 ފުރުޞަތަށް ކުރިމަތިލުމުގެ ޝަރުތު ތިރީގައިވާ ގޮތަށް އިސްލާޙުކޮށްފައިވާތީ، ދެންނެވިފައިވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން، 15 އެޕްރީލް 2018 ގެ 13.30 އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

-          ދަށު ސާނަވީ ފުރިހަމަކޮށްފައިވާ ފަރާތްތަށް.

(މިފަރާތްތަކަށް  ޕޮއިންޓް ދޭނީ ފުރިހަމަކޮށްފައިވާ އޭލަވަލް، އޯލަވަލް، ފައުންޑޭޝަން އަދި އެފެންވަރުގެ ފާސްތަކަށް ކަމުގައި ދެންނެވީމެވެ).

 

ލޯނަށް އެދި ފޯމް ހުށައަޅާނީ ވެލާނާގޭ 2 ވަނަ ތަޅުމުގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރަށެވެ.

 

ލޯނަށް އެދި ހުށަހަޅާ ފޯމް މި ޑިޕާޓްމަންޓްގެ ވެބްސައިޓު gov.mvwww.dhe.އިން ޑައުންލޯޑް ކުރެވޭނެއެވެ.

 

މަތީގައި ޙަވާލާދީފައިވާ އިޢުލާންތަކާއިއެކު ޝާއިޢުކޮށްފައިވާ އުޞޫލުތަކާއި ޖަދުވަލުތަކަކީ މިއިޢުލާންގެ ބައެކެވެ.

 

  އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ  33412903341376 3341326 3341381 3341327 3341309 ފޯން ނަމްބަރަށެވެ.

03 އޭޕްރިލް 2018
ހޯދާ