ދިވެހިރާއްޖެ
މި ޑިޕާޓްމަންޓްގެ އިޢުލާން ނަންބަރު (IUL)166-Loan/166/2018/ 24 ގެ ދަށުން ރާއްޖެއަށް ކަނޑައަޅާ އިޢުލާންކުރި 50 އެމް.ބީ.ބީ.އެސް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި 15 އެޕްރީލް 2018 ގެ 13.30 އަށް އިތުރު ކޮށްފައިވާ ކަމުގައި ދެންނެވީމެވެ.
އަދި މި ޑިޕާޓްމަންޓްގެ އިޢުލާން ނަންބަރު (IUL)166-Loan/166/2018/ 25 ގެ ދަށުން ރާއްޖޭގައި މިހާރު ޕައިލެޓް ލައިސަންސް ފުރިހަމަކުރަމުންދާ ފަރާތްތަކަށް ހުޅުވާލި 10 ފުރުޞަތަށް ކުރިމަތިލުމުގެ ޝަރުތު ތިރީގައިވާ ގޮތަށް އިސްލާޙުކޮށްފައިވާތީ، ދެންނެވިފައިވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން، 15 އެޕްރީލް 2018 ގެ 13.30 އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ދަށު ސާނަވީ ފުރިހަމަކޮށްފައިވާ ފަރާތްތަށް. (މިފަރާތްތަކަށް ޕޮއިންޓް ދޭނީ ފުރިހަމަކޮށްފައިވާ އޭލަވަލް، އޯލަވަލް، ފައުންޑޭޝަން އަދި އެފެންވަރުގެ ފާސްތަކަށް ކަމުގައި ދެންނެވީމެވެ).
ލޯނަށް އެދި ފޯމް ހުށައަޅާނީ ވެލާނާގޭ 2 ވަނަ ތަޅުމުގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރަށެވެ.
ލޯނަށް އެދި ހުށަހަޅާ ފޯމް މި ޑިޕާޓްމަންޓްގެ ވެބްސައިޓު gov.mvwww.dhe.އިން ޑައުންލޯޑް ކުރެވޭނެއެވެ.
މަތީގައި ޙަވާލާދީފައިވާ އިޢުލާންތަކާއިއެކު ޝާއިޢުކޮށްފައިވާ އުޞޫލުތަކާއި ޖަދުވަލުތަކަކީ މިއިޢުލާންގެ ބައެކެވެ.
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 33412903341376 3341326 3341381 3341327 3341309 ފޯން ނަމްބަރަށެވެ. |