ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓްކޯޓް
ދިއްދޫ،ދިވެހިރާއްޖެ
ނަންބަރ:A-10-MC/2018/03
ވަޒީފާގެ ފުރުޞަތު
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ) |
ރޭންކް: ޖީ. އެސް 3 |
ޢަދަދު |
1 (އެކެއް) |
|
މަސައްކަތް ކުރަންޖެހޭ ތަން |
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓްކޯޓް |
|
އަސާސީ މުސާރަ |
-/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
|
މިމަޤާމަށް ލިބޭ އެލަވަންސް |
ސަރވިސް އެލަވަންސް -/1500ރ (ފަނަރަސަތޭކަ ރުފިޔާ)، ލިވިންގ އެލަވަންސް -/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) އަދި ޖުޑީޝަލް އެލަވަންސް ގޮތުގައި މުސާރައިގެ %25 |
|
އިތުރު ގަޑި |
މިމަޤާމުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު ގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
އަސާސީ ޝަރުތު |
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ، ނުވަތަ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން |
|
މަޤާމްގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތުތައް |
1- ކޯޓްގެ ފައިސާއާއިބެހޭ އެންމެހާ މަސައްކަތްތައްކުރުން 2- އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު ތައްޔާރުކުރުމަށްފަހު ޙަވާލުކުރުމާއި، އަދި ހއ.އަތޮޅު ކޯޓްތަކުގެ މުވައްޒަފުންގެ މުސާރަ ސީޓް ތައްޔާރުކުރުމަށްފަހު ފޮނުވުން 3- ފައިސާއާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކޯޓްގެ އެކައުންޓް ބެލެހެއްޓުން .3- ހއ.އަތޮޅު ކޯޓަތަކަށް ހޯދަންޖެހޭ ތަކެތި ދައުލަތުގެ މާލިއްޔަތާބެހޭ ޤާނޫނާއި، ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ހޯދުން 4- ފައިސާގެ ރަސީދު ލިޔުމާއި، ދުވަހުން ދުވަހަށް ލިބޭ ފައިސާ ބޭންކަށް ޖަމާކުރުން އަދި ޤަވާޢިދާ އެއްގޮތަށް ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާއި ފައިސާ ޙަވާލުކުރުން 5- އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓްގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން
|
|
ހުށަހަޅަންޖެހޭ ތަކެތި |
1- ފުރިހަމަ ކޮށްފައިވާ ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) 4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. 5- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ) 6- ވަޒީފާގައި އުޅޭނަމަ ނުވަތަ އުޅެފައިވާނަމަ އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ނަމާއި، އެވަޒީފާގައި ހޭދަވި މުއްދަތާއި ވަޒީފާގެ ރޭންކް އެނގޭނެ ރަސްމީލިއުމެއް ހުށަހަޅަންވާނެއެވެ. |
|
ސުންގަޑި އަދި އިންޓަރވިއު |
11 އޭޕްރީލް 2018 ވާ ބުދަ ދުވަހުގެ 15:00ގެ ކުރިން ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އިންޓަރވިއު އޮންނާނީ 14 އޭޕްރީލް 2018 ވާ ހޮނިހިރު ދުވަހު ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓްގައެވެ. |
|
އިތުރު މަޢުލޫމާތު |
މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓުން ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 ން 15:00 ށް ލިބެން ހުންނާނެއެވެ. އަދި ޑިޕާރޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6500590 މިނަމްބަރާ ގުޅުއްވުން އެދެމެވެ. |