ވަޒީފާގެ ފުރުޞަތު
ނަންބަރު: A-10-MC/2018/03
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 11 އޭޕްރިލް 2018 15:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އެޑްމިނިސްޓްރޭޓިވް އޮފިސަރ)

 

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓްކޯޓް 

        ދިއްދޫ،ދިވެހިރާއްޖެ

                                                               ނަންބަރ:A-10-MC/2018/03

                                      ވަޒީފާގެ ފުރުޞަތު

 

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

ރޭންކް: ޖީ. އެސް 3

ޢަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓްކޯޓް

އަސާސީ މުސާރަ

-/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

ސަރވިސް އެލަވަންސް -/1500ރ (ފަނަރަސަތޭކަ ރުފިޔާ)، ލިވިންގ އެލަވަންސް -/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) އަދި ޖުޑީޝަލް އެލަވަންސް ގޮތުގައި މުސާރައިގެ %25

އިތުރު ގަޑި

މިމަޤާމުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު ގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުތު

1-      މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ، ނުވަތަ

2-       މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން

މަޤާމްގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތުތައް

1- ކޯޓްގެ ފައިސާއާއިބެހޭ އެންމެހާ މަސައްކަތްތައްކުރުން

2- އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު ތައްޔާރުކުރުމަށްފަހު ޙަވާލުކުރުމާއި، އަދި ހއ.އަތޮޅު ކޯޓްތަކުގެ މުވައްޒަފުންގެ މުސާރަ ސީޓް ތައްޔާރުކުރުމަށްފަހު ފޮނުވުން

 3- ފައިސާއާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކޯޓްގެ އެކައުންޓް ބެލެހެއްޓުން

.3- ހއ.އަތޮޅު ކޯޓަތަކަށް ހޯދަންޖެހޭ ތަކެތި ދައުލަތުގެ މާލިއްޔަތާބެހޭ ޤާނޫނާއި، ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ހޯދުން

4- ފައިސާގެ ރަސީދު ލިޔުމާއި، ދުވަހުން ދުވަހަށް ލިބޭ ފައިސާ ބޭންކަށް ޖަމާކުރުން އަދި ޤަވާޢިދާ އެއްގޮތަށް ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާއި ފައިސާ ޙަވާލުކުރުން

5- އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓްގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން

 

ހުށަހަޅަންޖެހޭ ތަކެތި

1-      ފުރިހަމަ ކޮށްފައިވާ ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2-      ކުރިމަތިލާ ފަރާތުގެ ވަނަވަރު

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ)

4-      މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.

5-      ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ )

6-      ވަޒީފާގައި އުޅޭނަމަ ނުވަތަ އުޅެފައިވާނަމަ އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ނަމާއި، އެވަޒީފާގައި ހޭދަވި މުއްދަތާއި ވަޒީފާގެ ރޭންކް އެނގޭނެ ރަސްމީލިއުމެއް ހުށަހަޅަންވާނެއެވެ.

ސުންގަޑި އަދި އިންޓަރވިއު

11 އޭޕްރީލް 2018 ވާ ބުދަ ދުވަހުގެ 15:00ގެ ކުރިން ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އިންޓަރވިއު އޮންނާނީ 14 އޭޕްރީލް 2018 ވާ ހޮނިހިރު ދުވަހު ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓްގައެވެ.

އިތުރު މަޢުލޫމާތު

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓުން ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 ން 15:00 ށް ލިބެން ހުންނާނެއެވެ. އަދި ޑިޕާރޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv  އިން ލިބެން ހުންނާނެއެވެ.އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6500590 މިނަމްބަރާ ގުޅުއްވުން އެދެމެވެ.

03 އޭޕްރިލް 2018