ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ބެލުމުގެ ދަށުގައިވާ "މާމުލި' ލޯންޗުގެ ބައެއް މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު (IUL)227-GA/227/2018/17 (08 މާރޗް 2018) ޢިއުލާނާއި ގުޅިގެނއެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޭޕްރީލް 5ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޭޕްރީލް 12ވާ ބުރާސްފަތި ދުވަހުގެ 13:30އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ލޯކަލް އިންވެސްޓްމަންޓްތަކަށެވެ.
މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
16 ރަޖަބު 1439
02 އޭޕްރީލް 2018