މަސައްކަތް
ނަންބަރު: (IUL)227-ID/227/2018/21
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 12 އޭޕްރިލް 2018 13:30
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މާމުލި' ލޯންޗު މަރާމާތުކުރުން

އިޢުލާން

           މި އިދާރާގެ ބެލުމުގެ ދަށުގައިވާ "މާމުލި' ލޯންޗުގެ ބައެއް މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު (IUL)227-GA/227/2018/17 (08 މާރޗް 2018) ޢިއުލާނާއި ގުޅިގެނއެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޭޕްރީލް 5ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޭޕްރީލް 12ވާ ބުރާސްފަތި ދުވަހުގެ 13:30އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ލޯކަލް އިންވެސްޓްމަންޓްތަކަށެވެ.

           މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                16 ރަޖަބު 1439

                02 އޭޕްރީލް 2018    

02 އޭޕްރިލް 2018