މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2018 އޭޕްރިލް 01 ވާ (އާދީއްތަ) ދުވަހުން ފެށިގެން އަންނަނިވި ގޮތަށް ކާގޯ ކްލިއަރެންސްގެ މަސައްކަތްތަކަށް ބަދަލު ގެނައުމާއި ގުޅޭ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ނަންބަރ:(IUL) 202-L/1/2018/28 (30 މާރިޗް 2018 ) އިޢުލާން އާއި ގުޅިގެން މިކުންފުނިން ކޮށްފައިވާ ނަންބަރ: (IUL)113-CCD/1/2018/31 ( 29 މާރިޗް 2018 )
އިޢުލާން ބާތިލް ކޮށް، ތިރީގައި ބަޔާން ކޮށްފައިވާ ގޮތަށް މިކުންފުނީގެ މުދާ ދޫކުރުމުގެ ޚިދުމަތްދޭން ހަމަޖައްސާފީމެވެ.
- 1. ކަނޑުމަގުން ކްލިއަރކުރެވޭ މުދާ
- ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ 08:00 އިން ފެށިގެން 13:00 އަށް
- މުދާ ކްލިއަރކުރެވޭނީ 11:00 އިން ފެށިގެން 21:00 އަށް
- 2. އެއްގަމުމަގުން ކްލިއަރކުރެވޭ މުދާ
- ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ 16:00 އިން ފެށިގެން 23:00 އަށް
- ކޮންޓެއިނަރ މުދާ ކްލިއަރ ކުރުމަށްޓަކައި، ކޮންޓެއިނަރ ކެނޑުމުގެ މަސައްކަތް ފެއްޓޭނީ 16:00 ގައެވެ.
- ކޮންޓެއިނަރ މުދަލާއި ޕެރިޝަބަލް މުދާ ބަރުކުރުމަށް ލޮރީ، ޕިކަޕް (ވެހިކަލް) ސަރަހައްދަށް ވައްދަން ފައްޓާ ގަޑިއަކީ 17:00 އެވެ.
- މުދާ ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ 18:00 އިން ފެށިގެން 05:00 އަށް
- ހުކުރު ދުވަހު ކްލިއަރ ކުރާ މުދާ
- ކަނޑުމަގުން ކްލިއަރ ކުރެވޭ މުދަލުގެ ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ 16:00 އިން ފެށިގެން 20:00 އަށް
- އެއްގަމުމަގުން ކްލިއަރ ކުރެވޭ މުދަލުގެ ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ 16:00 އިން ފެށިގެން 23:00 އަށް
- ދޯނިފަހަރަށް ބަރު ކުރާ މުދާ ބަރުކުރުމުގެ މަސައްކަތް ކުރިޔަށް ދާނީ 16:00 އިން ފެށިގެން 21:00 އަށެވެ.
- ކޮންޓެއިނަރ މުދާ ކްލިއަރ ކުރުމަށްޓަކައި، ކޮންޓެއިނަރ ކެނޑުމުގެ މަސައްކަތް ފެއްޓޭނީ 16:00 ގައެވެ.
- ކޮންޓެއިނަރ މުދަލާއި ޕެރިޝަބަލް މުދާ ބަރުކުރުމަށް ލޮރީ، ޕިކަޕް (ވެހިކަލް) ސަރަހައްދަށް ވައްދަން ފައްޓާ ގަޑިއަކީ 17:00 އެވެ.
- މުދާ ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ 18:00 އިން ފެށިގެން 05:00 އަށް
ވީމާ، ދެންނެވިފައިވާ ގަޑިތަކުގައި ޑެލިވެރީ އޯޑަރ ނޯޓުކުރުމަށް ސަމާލުކަން ދިނުމަށާއި، ގަޑި ފަހަނަޅާދާފަހުން ނޯޓުކުރުމުން ލިބޭ ގެއްލުމަކަށް މި ކުންފުނިން ޛިންމާ ނުނެގޭނެ ވާހަކަ ދެންނެވީމެވެ.
14 ރަޖަބު 1439ހ.
31 މާރިޗު 2018
ހޯދާ