ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-CCD/1/2018/32
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 12:07
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
2018 އޭޕްރިލް 01 ވާ (އާދީއްތަ) ދުވަހުން ފެށިގެން އަންނަނިވި ގޮތަށް ކާގޯ ކްލިއަރެންސްގެ މަސައްކަތްތަކަށް ބަދަލު ގެނައުމާއި ގުޅޭ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ނަންބަރ:(IUL) 202-L/1/2018/28  (30  މާރިޗް 2018 ) އިޢުލާން އާއި ގުޅިގެން މިކުންފުނިން ކޮށްފައިވާ ނަންބަރ: (IUL)113-CCD/1/2018/31 ( 29 މާރިޗް 2018 )

އިޢުލާން ބާތިލް ކޮށް، ތިރީގައި ބަޔާން ކޮށްފައިވާ ގޮތަށް މިކުންފުނީގެ މުދާ ދޫކުރުމުގެ ޚިދުމަތްދޭން ހަމަޖައްސާފީމެވެ.

  1. 1.      ކަނޑުމަގުން ކްލިއަރކުރެވޭ މުދާ
  • ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ 08:00 އިން ފެށިގެން 13:00 އަށް 
  • މުދާ ކްލިއަރކުރެވޭނީ 11:00 އިން ފެށިގެން 21:00 އަށް
  1. 2.  އެއްގަމުމަގުން ކްލިއަރކުރެވޭ މުދާ
  • ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ 16:00 އިން ފެށިގެން 23:00 އަށް
  •  ކޮންޓެއިނަރ މުދާ ކްލިއަރ ކުރުމަށްޓަކައި، ކޮންޓެއިނަރ ކެނޑުމުގެ މަސައްކަތް ފެއްޓޭނީ 16:00 ގައެވެ.
  • ކޮންޓެއިނަރ މުދަލާއި ޕެރިޝަބަލް މުދާ ބަރުކުރުމަށް ލޮރީ، ޕިކަޕް (ވެހިކަލް) ސަރަހައްދަށް ވައްދަން ފައްޓާ ގަޑިއަކީ 17:00 އެވެ.
  • މުދާ ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ 18:00 އިން ފެށިގެން 05:00 އަށް 
  1. ހުކުރު ދުވަހު ކްލިއަރ ކުރާ މުދާ
  • ކަނޑުމަގުން ކްލިއަރ ކުރެވޭ މުދަލުގެ ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ 16:00 އިން ފެށިގެން 20:00 އަށް 
  • އެއްގަމުމަގުން ކްލިއަރ ކުރެވޭ މުދަލުގެ ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ 16:00 އިން ފެށިގެން 23:00 އަށް 
  • ދޯނިފަހަރަށް ބަރު ކުރާ މުދާ ބަރުކުރުމުގެ މަސައްކަތް ކުރިޔަށް ދާނީ 16:00 އިން ފެށިގެން 21:00 އަށެވެ.
  • ކޮންޓެއިނަރ މުދާ ކްލިއަރ ކުރުމަށްޓަކައި، ކޮންޓެއިނަރ ކެނޑުމުގެ މަސައްކަތް ފެއްޓޭނީ 16:00 ގައެވެ.
  • ކޮންޓެއިނަރ މުދަލާއި ޕެރިޝަބަލް މުދާ ބަރުކުރުމަށް ލޮރީ، ޕިކަޕް (ވެހިކަލް) ސަރަހައްދަށް ވައްދަން ފައްޓާ ގަޑިއަކީ 17:00 އެވެ.
  • މުދާ ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ 18:00 އިން ފެށިގެން 05:00 އަށް

ވީމާ، ދެންނެވިފައިވާ ގަޑިތަކުގައި ޑެލިވެރީ އޯޑަރ ނޯޓުކުރުމަށް ސަމާލުކަން ދިނުމަށާއި، ގަޑި ފަހަނަޅާދާފަހުން ނޯޓުކުރުމުން ލިބޭ ގެއްލުމަކަށް މި ކުންފުނިން ޛިންމާ ނުނެގޭނެ ވާހަކަ ދެންނެވީމެވެ.

14 ރަޖަބު 1439ހ.

31 މާރިޗު 2018