ފެމިލީ ކޯޓް
ދިވެހިރާއްޖެ
ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު


146-A1/2018/46:ނަންބަރު

ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު

މިކޯޓަށް ކޮންޓްރެކްޓް އުޞޫލުން ކައިވެނިޢަޤުދު ކޮށްދޭނޭ ޝަރުޢީ މަޢުޛޫނުން ބޭނުންވެއެވެ.

 

ބޭނުންވާ ޢަދަދު:

 12

ކޯޓު/އިދާރާ:

 ފެމިލީ ކޯޓު (ކައިވެނިކޮށްދިނުމާއި ރަޖިސްޓްރީ ކުރުމާބެހޭބައި)

އެލަވަންސް:

 -/250 ރުފިޔާ (އަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް)

މަޤާމުގެ ޝަރުތު:

 ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 - ޝަރުޢީ މައުޛޫނުކަމަށްއެދި ހުށަހަޅާ ފޯމް

 - ވަނަވަރު

 - އައިޑީކާޑުގެ ކޮޕީ

 - ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

ކައިވެނިކޮށްދޭންޖެހޭ ގަޑި:

 - ކޮންޓްރެކްޓް އުސޫލުން ކައިވެނިޢަޤުދުކޮށްދިނުމަށް ހޮވޭ ފަރާތްތައް އާއްމުގޮތެއްގައި ކޮށްދޭންޖެހޭނީ ނުރަސްމީގަޑީގައި ކުރެވޭ ކައިވެނިތަކެވެ. ނަމަވެސް ކޯޓުން ބޭނުންވެއްޖެ ޙާލަތެއްގައި ރަސްމީގަޑީގައި ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެއެވެ.

ސުންގަޑި:

2018 އެޕްރީލް 05 ވަނަ ދުވަހުގެ 14:00ގެ ކުރިން.

އިތުރު މަޢުލޫމާތު:

 - މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވޭނީ މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށް ފަހުގައެވެ.

 - މި މަޤާމަށް މީހުން ހޮވުމުގައި މިކަމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 - މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށްއެދޭ ފޯމް މިކޯޓުގެ ރިސެޕްޝަނުންނާއި މިކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން ލިބެން ހުންނާނެއެވެ.

25 މާރިޗު 2018
ހޯދާ