ދިވެހިރާއްޖެ
146-A1/2018/46:ނަންބަރު
ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު
މިކޯޓަށް ކޮންޓްރެކްޓް އުޞޫލުން ކައިވެނިޢަޤުދު ކޮށްދޭނޭ ޝަރުޢީ މަޢުޛޫނުން ބޭނުންވެއެވެ.
ބޭނުންވާ ޢަދަދު: |
12 |
ކޯޓު/އިދާރާ: |
ފެމިލީ ކޯޓު (ކައިވެނިކޮށްދިނުމާއި ރަޖިސްޓްރީ ކުރުމާބެހޭބައި) |
އެލަވަންސް: |
-/250 ރުފިޔާ (އަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް) |
މަޤާމުގެ ޝަރުތު: |
ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން. |
ހުށަހަޅަންޖެހޭ ތަކެތި: |
- ޝަރުޢީ މައުޛޫނުކަމަށްއެދި ހުށަހަޅާ ފޯމް - ވަނަވަރު - އައިޑީކާޑުގެ ކޮޕީ - ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ |
ކައިވެނިކޮށްދޭންޖެހޭ ގަޑި: |
- ކޮންޓްރެކްޓް އުސޫލުން ކައިވެނިޢަޤުދުކޮށްދިނުމަށް ހޮވޭ ފަރާތްތައް އާއްމުގޮތެއްގައި ކޮށްދޭންޖެހޭނީ ނުރަސްމީގަޑީގައި ކުރެވޭ ކައިވެނިތަކެވެ. ނަމަވެސް ކޯޓުން ބޭނުންވެއްޖެ ޙާލަތެއްގައި ރަސްމީގަޑީގައި ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެއެވެ. |
ސުންގަޑި: |
2018 އެޕްރީލް 05 ވަނަ ދުވަހުގެ 14:00ގެ ކުރިން. |
އިތުރު މަޢުލޫމާތު: |
- މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވޭނީ މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށް ފަހުގައެވެ. - މި މަޤާމަށް މީހުން ހޮވުމުގައި މިކަމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. - މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށްއެދޭ ފޯމް މިކޯޓުގެ ރިސެޕްޝަނުންނާއި މިކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން ލިބެން ހުންނާނެއެވެ. |