ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ސްކޫލް ބޯޑުގެ މަޤާމުތަކަށް މީހުން ހޮވުމާއިބެހޭ

ނަންބަރު:(IUL)CHSE-SMT/1/2018/16 

                                         

 

އިޢުލާން

 

       މި ސެންޓަރުގެ ސްކޫލްބޯޑުގެ މަޤާމުތަކަށް ކުރިމަތިލެއްވުމަށް ބެލެނިވެރިންނަށާއި ސްކޫލުގެ ޓީޗަރުންނަށް ފުރުސަތު ހުޅުވާލަމެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހުޅުވާލެވިފައިވަނީ 7 މާރިޗު އިން ފެށިގެން 15 މާރިޗު 2018 ވާބުރާސްފަތި ދުވަހުގެ މެންދުރު  1:00 ޖެހުމާ ހަމަޔަށެވެ. ފޯމު ސީ.އެޗް.އެސް.އީ ގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

 

ސްކޫލް ބޯޑަށް ހޮވޭ ބެލެނިވެރިންގެ ޝަރުތު ތަކަކީ:     

           

  1. ސީ.އެޗް.އެސް.އީގެ ދަރިވަރެއްގެ ބެލެނިވެރިއެއް ކަމުގައިވުން  ސީ.އެޗް.އެސް.އީގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިއެއްގެ ގޮތުގައި ސްކޫލްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަމުގައިވުން.
  2. ސްކޫލް ބޯޑުގެ ކަންކަމުގައި ޝައުގުވެރިކަމާއިއެކު އުޅެވޭނެ ފަރާތެއްކަމުގައިވުން.
  3. ޖިނާއީ ކުށެއްގެ ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކުކަމުގައިނުވުން. ނުވަތަ އެފަދަ ޙުކުމެއް ތަންފީޒުކޮށްނިމުނުތާ، ނުވަތަ އެފަދަ ޙުކުމެއް ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 5 އަހަރުވެފައިވާ މީހަކުކަމުގައިވުން.
  4. ދިވެހި ބަހުން ލިޔަން، ކިޔަން އެނގުން.
  5. ސްކޫލްގެ މުއައްޒަފަކަށްނުވުން.
  6. އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން.
  7. އެހެން ސްކޫލެއްގެ ބޯޑެއްގެ މެމްބަރަކު ކަމުގައި ނުވުން.

 

     

 

7 މާރިޗު 2018

19 ޖުމާދިލްއާޙިރު 1439

 

07 މާރިޗު 2018
ހޯދާ