ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)CHSE-SMT/1/2018/16
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި:
15 މާރިޗު 2018 13:00
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލް ބޯޑުގެ މަޤާމުތަކަށް މީހުން ހޮވުމާއިބެހޭ
ނަންބަރު:(IUL)CHSE-SMT/1/2018/16
އިޢުލާން
މި ސެންޓަރުގެ ސްކޫލްބޯޑުގެ މަޤާމުތަކަށް ކުރިމަތިލެއްވުމަށް ބެލެނިވެރިންނަށާއި ސްކޫލުގެ ޓީޗަރުންނަށް ފުރުސަތު ހުޅުވާލަމެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހުޅުވާލެވިފައިވަނީ 7 މާރިޗު އިން ފެށިގެން 15 މާރިޗު 2018 ވާބުރާސްފަތި ދުވަހުގެ މެންދުރު 1:00 ޖެހުމާ ހަމަޔަށެވެ. ފޯމު ސީ.އެޗް.އެސް.އީ ގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
ސްކޫލް ބޯޑަށް ހޮވޭ ބެލެނިވެރިންގެ ޝަރުތު ތަކަކީ:
- ސީ.އެޗް.އެސް.އީގެ ދަރިވަރެއްގެ ބެލެނިވެރިއެއް ކަމުގައިވުން ސީ.އެޗް.އެސް.އީގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިއެއްގެ ގޮތުގައި ސްކޫލްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަމުގައިވުން.
- ސްކޫލް ބޯޑުގެ ކަންކަމުގައި ޝައުގުވެރިކަމާއިއެކު އުޅެވޭނެ ފަރާތެއްކަމުގައިވުން.
- ޖިނާއީ ކުށެއްގެ ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކުކަމުގައިނުވުން. ނުވަތަ އެފަދަ ޙުކުމެއް ތަންފީޒުކޮށްނިމުނުތާ، ނުވަތަ އެފަދަ ޙުކުމެއް ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 5 އަހަރުވެފައިވާ މީހަކުކަމުގައިވުން.
- ދިވެހި ބަހުން ލިޔަން، ކިޔަން އެނގުން.
- ސްކޫލްގެ މުއައްޒަފަކަށްނުވުން.
- އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން.
- އެހެން ސްކޫލެއްގެ ބޯޑެއްގެ މެމްބަރަކު ކަމުގައި ނުވުން.
7 މާރިޗު 2018
19 ޖުމާދިލްއާޙިރު 1439
07 މާރިޗު 2018