ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ޓުއަރިޒަމް ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު

2018 ވަނަ އަހަރުގެ މާޗް މަހުގައި ފެށުމަށް ހަމަޖެހިފައިވާ ޓުއަރިޒަމް ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވެމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.  މާރޗުމަހުގައި ފެށުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ކޯސްތަކެވެ.

 

  • ފްރަންޓް އޮފީސް
  • ހައުސްކީޕިންގ                                
  • ޓުއަރގައިޑް
  • ފުޑް އެންޑް ބެވަރެޖް ސާރވިސަސް
  • ފުޑް ޕްރިޕަރޭޝަން

 

މިޕްރޮގްރާމްގެ ކޯސްތައް ފުރިހަމަކޮށް، ފާސްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ލިބޭނެއެވެ.

ކޯސް

ބައިވެރިވުމުގެޝަރުޠު

ކޯހުގެމުއްދަތު

ސެޓްފިކެޓް 3

  • ގްރޭޑް 7 ފުރިހަމަކޮށްފައިވުން

4 މަސް

 

ކޯހުގެފީ:

މިއީ ސަރުކާރުގެ ޚާއްސަ ޕްރޮގްރާމެއްގެ ދަށުން ހިންގާ ކޯސްތަކެއްކަމުގައިވާތީ ކޯސްފީވަނީ ހިލޭކުރެވިފައެވެ. ވީމާ ކޯސްފީ ދައްކާކަށް ނުޖެހެއެވެ.

 

ހުށަހަޅަންޖެހޭލިޔުންތައް

ހ- ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު (ފުރިހަމަ ކޮށްފައިވާ)

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ނ- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ.

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ޕޮލިޓެކްނިކް ބިލްޑިންގ (1 ވަނަ ފަންގިފިލާ) ކައުންޓަރު ނުވަތަ [email protected] އީމެއިލް އަށެވެ.

 

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2018 މާރިޗު 8 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

 

އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ :

  1. ފުރިހަމަކޮށް ފައިވާ އެޕްލިކޭޝަން ފޯމު ، މި ފޯމް ޓިވެޓް އޮތޯރިޓީގެ ވެބްސައިޓް (www.tvet.gov.mv)އަދި ޓިވެޓް އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެވެ.އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ (tvet.gov.mv/apply-online) ޒިޔާރަތް ކުރެއްވުން އެދެމެވެ.

 

ނޯޓް:  

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341313 / 3341310 / 3347422ފޯނަށް ގުޅުއްވުން އެދެމެވެ. 

26 ފެބުރުވަރީ 2018
ހޯދާ