ދިވެހިރާއްޖެ
2018 ވަނަ އަހަރުގެ މާޗް މަހުގައި ފެށުމަށް ހަމަޖެހިފައިވާ ޓުއަރިޒަމް ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވެމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. މާރޗުމަހުގައި ފެށުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ކޯސްތަކެވެ.
- ފްރަންޓް އޮފީސް
- ހައުސްކީޕިންގ
- ޓުއަރގައިޑް
- ފުޑް އެންޑް ބެވަރެޖް ސާރވިސަސް
- ފުޑް ޕްރިޕަރޭޝަން
މިޕްރޮގްރާމްގެ ކޯސްތައް ފުރިހަމަކޮށް، ފާސްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ލިބޭނެއެވެ.
ކޯސް |
ބައިވެރިވުމުގެޝަރުޠު |
ކޯހުގެމުއްދަތު |
ސެޓްފިކެޓް 3 |
|
4 މަސް |
ކޯހުގެފީ:
މިއީ ސަރުކާރުގެ ޚާއްސަ ޕްރޮގްރާމެއްގެ ދަށުން ހިންގާ ކޯސްތަކެއްކަމުގައިވާތީ ކޯސްފީވަނީ ހިލޭކުރެވިފައެވެ. ވީމާ ކޯސްފީ ދައްކާކަށް ނުޖެހެއެވެ.
ހުށަހަޅަންޖެހޭލިޔުންތައް
ހ- ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު (ފުރިހަމަ ކޮށްފައިވާ)
ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ނ- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ޕޮލިޓެކްނިކް ބިލްޑިންގ (1 ވަނަ ފަންގިފިލާ) ކައުންޓަރު ނުވަތަ [email protected] އީމެއިލް އަށެވެ.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2018 މާރިޗު 8 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.
އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ :
- ފުރިހަމަކޮށް ފައިވާ އެޕްލިކޭޝަން ފޯމު ، މި ފޯމް ޓިވެޓް އޮތޯރިޓީގެ ވެބްސައިޓް (www.tvet.gov.mv)އަދި ޓިވެޓް އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެވެ.އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ (tvet.gov.mv/apply-online) ޒިޔާރަތް ކުރެއްވުން އެދެމެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341313 / 3341310 / 3347422ފޯނަށް ގުޅުއްވުން އެދެމެވެ.