ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ  އުސޫލުން  ހިންގުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2010/7) ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފެބްރުވަރީ މަހު ބާއްވަންޖެހޭ ބައްދަލުވުން  2018 ފެބްރުވަރީ 25 ވާ" އާދިއްތަ" ދުވަހުގެ ރޭ 08:30 ގައި ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ  ގެ ބޮޑު  ހޯލުގައި އޮންނާނެއެވެ.

މި ބައްދަލުވުމުގައި ޙިއްސާ ކުރެވޭނެ ކަންކަން ތިރީގައި އެވަނީއެވެ. 

  • 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ރައްޔިތުންނާ ޙިއްސާ ކުރުން.
  • 2017 ވަނަ އަހަރުގެ މާލީ ރިޕޯޓް ރައްޔިތުންނާ ޙިއްސާ ކުރުން.
  • މައުޟޫއާ ގުޅޭގޮތުން ސުވާލާއި ޖަވާބު ދިނުން .

         ވީމާ މިބައްދަލުވުމަށް ރައްޔިތުން ވަޑައިގެންދެންވުން އެދި ދެންނެވީމެވެ.           

20 ފެބުރުވަރީ 2018
ހޯދާ