ޢާންމު މަޢުލޫމާތު
ނަންބަރު: A-381/ 2018/10
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި:
25 ފެބުރުވަރީ 2018 20:30
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2010/7) ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފެބްރުވަރީ މަހު ބާއްވަންޖެހޭ ބައްދަލުވުން 2018 ފެބްރުވަރީ 25 ވާ" އާދިއްތަ" ދުވަހުގެ ރޭ 08:30 ގައި ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގެ ބޮޑު ހޯލުގައި އޮންނާނެއެވެ.
މި ބައްދަލުވުމުގައި ޙިއްސާ ކުރެވޭނެ ކަންކަން ތިރީގައި އެވަނީއެވެ.
- 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ރައްޔިތުންނާ ޙިއްސާ ކުރުން.
- 2017 ވަނަ އަހަރުގެ މާލީ ރިޕޯޓް ރައްޔިތުންނާ ޙިއްސާ ކުރުން.
- މައުޟޫއާ ގުޅޭގޮތުން ސުވާލާއި ޖަވާބު ދިނުން .
ވީމާ މިބައްދަލުވުމަށް ރައްޔިތުން ވަޑައިގެންދެންވުން އެދި ދެންނެވީމެވެ.
20 ފެބުރުވަރީ 2018