ދިވެހިރާއްޖެ
ކުޑަހުވަދޫ ޕްރީސްކޫލްގައި ގުދަނެއް އެޅުމާއި ކުރަންހުރި ބައެއްމަރާމާތުތައް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- މަޢުލޫމާތު ސާފުކުރުން:
- މަސައްކަތާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބިޑްފޮތް 2018 ފެބުރުވަރީ 11 ވަނަ ދުވަހުން ފެށިގެން 2018 ފެބުރުވަރީ 15 ވަނަދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.
- ބީލަން ކަރުދާހެއްގެ އަގަކީ 150.00ރ އެވެ.
- ބީލަމާއި ގުޅޭ ޕްރީބިޑް މީޓިން އޮންނާނީ 2018ފެބުރުވަރީ 21 ވަނަ ދުވަހުގެ 12:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާ ރޫމް 1 ގައެވެ.
- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ފެބުރުއަރީ 27 ވަނަ ދުވަހުގެ 12:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާ ރޫމް 1 ގައި މިމަސައްކަތަށް ބިޑްހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ.
- ބިޑް ނުނަންގަވާ ފަރާތެއްގެ ނަމުގައި ބިޑްހުށައެއް ނޭޅޭނެއެވެ.
- މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާޠިލްކުރުމުގެ އިޙްތިޔާރު އިވެލުއޭޝަން ކޮމެޓީއަށް ލިބިގެންވެއެވެ.