މަސައްކަތް
ނަންބަރު: B-381/ I-2018/ 07
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 15 ފެބުރުވަރީ 2018 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ޕްރީސްކޫލްގައި ގުދަނެއް އެޅުމާއި ކުރަންހުރި ބައެއްމަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

      ކުޑަހުވަދޫ ޕްރީސްކޫލްގައި ގުދަނެއް އެޅުމާއި ކުރަންހުރި ބައެއްމަރާމާތުތައް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  • މަޢުލޫމާތު ސާފުކުރުން:

-  މަސައްކަތާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބިޑްފޮތް 2018 ފެބުރުވަރީ 11 ވަނަ ދުވަހުން ފެށިގެން 2018 ފެބުރުވަރީ 15 ވަނަދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.

-  ބީލަން ކަރުދާހެއްގެ އަގަކީ 150.00ރ އެވެ.

-  ބީލަމާއި ގުޅޭ ޕްރީބިޑް މީޓިން އޮންނާނީ 2018ފެބުރުވަރީ 21 ވަނަ ދުވަހުގެ 12:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާ ރޫމް 1 ގައެވެ.

-  ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ފެބުރުއަރީ 27 ވަނަ ދުވަހުގެ 12:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާ ރޫމް 1 ގައި މިމަސައްކަތަށް ބިޑްހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ.

-  ބިޑް ނުނަންގަވާ ފަރާތެއްގެ ނަމުގައި ބިޑްހުށައެއް ނޭޅޭނެއެވެ.

-  މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާޠިލްކުރުމުގެ އިޙްތިޔާރު އިވެލުއޭޝަން ކޮމެޓީއަށް ލިބިގެންވެއެވެ.

11 ފެބުރުވަރީ 2018