ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ކ.ތިލަފުށި 3 އިން 40’ x 80’ ގެ ބާޖަކާއި، 350 ކްލާސް އެސްކެވޭޓަރަކާއި، 10 ޓަނުގެ ޑަމްޕްލޮރީއެއް ތ.ވިލުފުއްޓަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ފެބުރުވަރީ 21 ވާ ބުދަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ 12:30 އިން ފެށިގެން 2018 ފެބުރުވަރީ 21 ވާ ބުދަ ދުވަހުގެ 11:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.