ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2018/30
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 21 ފެބުރުވަރީ 2018 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
40’ x 80’ ބާޖަކާއި، 350 ކްލާސް އެސްކެވޭޓަރަކާއި، 10 ޓަނުގެ ޑަމްޕްލޮރީއެއް ކ.ތިލަފުށި 3 އިން ތ.ވިލުފުއްޓަށް ގެނެސްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި  މިނިސްޓްރީއަށް ކ.ތިލަފުށި 3 އިން 40’ x 80’ ގެ ބާޖަކާއި، 350 ކްލާސް އެސްކެވޭޓަރަކާއި، 10 ޓަނުގެ ޑަމްޕްލޮރީއެއް ތ.ވިލުފުއްޓަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ފެބުރުވަރީ 21 ވާ ބުދަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.   

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ 12:30 އިން ފެށިގެން 2018 ފެބުރުވަރީ 21 ވާ ބުދަ ދުވަހުގެ 11:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. 

08 ފެބުރުވަރީ 2018