ދިވެހިރާއްޖެ
ނަންބަރު: 4 (IUL)120/1/2018)
އިޢުލާން
މި ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ވަގުތީ މުވައްޒަފުން ބޭނުން ވެއްޖެއެވެ.
މަޤާމް |
ޢާންމު އިމްތިޙާނުގެ އެގްޒެމިނަރ ( ކޮންޓްރެކްޓް ) |
||||
ބޭނުންވާ ޢަދަދު |
(2) |
|
|
|
|
އުޖޫރަ: |
5,000/- ރުފިޔާ (5 މޮޑިއުލް) |
||||
މުއްދަތު: |
ފެބްރުއަރީ 11 އިން ފެބްރުއަރީ 28 އަށް |
||||
އަސާސީ ޝަރުޠު: |
|
||||
މަޤާމުގެ މަސްއޫލިއްޔަތު: |
1- ޢާއްމުއިމްތިޙާނުގެ ހުކުރުކުރުން (ލިއުން /އަނގަބަސް) 2- މުދިންކަން (އަނގަބަސް) 3- ޖަމާޢަތްތެރިކަން (އަނގަބަސް) 4- ޤުރުއާން |
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުން
ވަޒިފާއަށް އެންމެ ޤާބިލް މީހަކު ހޮވާނީ ތަޢުލީމީ ފެންވަރަށާއި ޢާންމު އިމްތިޙާނުގެ ސުވާލުކަރުދާސް ތައްޔާރު ކުރުމާއި މާކު ކުރުމުގެ ތަޖުރިބާ އާއި ޤާބިލްކަމަށް ބަލައިގެންނެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
ނ- ވަޒީފާއެއް އަދާކުރާނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުން.
ރ- ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ.
ބ- ވަޒީފާއަށް އެދޭ މީހާގެ ވަނަވަރު (ސީވީ).
ޅ- އެކައުންޓް ނަންބަރު ކަށަވަރުކޮށްދޭ ލިޔުމެއް.
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2018 ފެބްރުއަރީ 01 ވާ ބުރާސްފަތި ދުވަހުގެ 13:00
05 ޖުމާދަލްއައްވަލް 1439
22 ޖަނަވަރީ 2018