ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120/1/2018/ 4
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 01 ފެބުރުވަރީ 2018 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ވަގުތީ މުވައްޒަފުން ބޭނުންވެއްޖެ

 

 

                                                    ނަންބަރު: 4 (IUL)120/1/2018)

އިޢުލާން

މި ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ވަގުތީ މުވައްޒަފުން ބޭނުން ވެއްޖެއެވެ.

މަޤާމް

ޢާންމު އިމްތިޙާނުގެ އެގްޒެމިނަރ ( ކޮންޓްރެކްޓް )

ބޭނުންވާ ޢަދަދު

 (2)

 

 

 

 

އުޖޫރަ:

5,000/- ރުފިޔާ    (5 މޮޑިއުލް)

މުއްދަތު:

ފެބްރުއަރީ 11 އިން ފެބްރުއަރީ 28 އަށް

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް މަދުވެގެން 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.
  2.  ނުވަތަ ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި މި ޑިޕާޓްމަންޓުން ހިންގާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތް މަދުވެގެން 3 އަހަރު ދުވަހު ކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ·        ތިރީގައި އެވާ ދާއިރާތަކުން، ޢާއްމު އިމްތިޙާނުގެ ސުވާލުކަރުދާހާއި މާކިންގ ސްކީމް ތައްޔާރު ކުރުން.

1- ޢާއްމުއިމްތިޙާނުގެ ހުކުރުކުރުން (ލިއުން /އަނގަބަސް)

2- މުދިންކަން (އަނގަބަސް)

3- ޖަމާޢަތްތެރިކަން (އަނގަބަސް)

4- ޤުރުއާން  

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުން

ވަޒިފާއަށް އެންމެ ޤާބިލް މީހަކު ހޮވާނީ ތަޢުލީމީ ފެންވަރަށާއި ޢާންމު އިމްތިޙާނުގެ ސުވާލުކަރުދާސް ތައްޔާރު ކުރުމާއި މާކު ކުރުމުގެ ތަޖުރިބާ އާއި ޤާބިލްކަމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ނ- ވަޒީފާއެއް އަދާކުރާނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ  މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުން.

ރ- ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ.

ބ- ވަޒީފާއަށް އެދޭ މީހާގެ ވަނަވަރު (ސީވީ).

ޅ- އެކައުންޓް ނަންބަރު ކަށަވަރުކޮށްދޭ ލިޔުމެއް.

ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.  

ތަކެތި  ހުށަހަޅަންޖެހޭ އޮފީސް

މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް. 

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ  2018 ފެބްރުއަރީ 01 ވާ ބުރާސްފަތި ދުވަހުގެ 13:00

                05 ޖުމާދަލްއައްވަލް 1439

                22 ޖަނަވަރީ     2018

 

22 ޖަނަވަރީ 2018