އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

ވަޒީފާގެ ފުރުޞަތު  

                                                                         

                                                                               ނަންބަރު: IUL)341-ADMN/341/2018/2)                  

 

މަޤާމް:                   ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ގިންތި:                   ކޮންޓްރެކްޓް (06 މަސް)

ބޭނުންވާ ޢަދަދު:            01 (އެކެއް)

މުސާރަ:                  -/5610.00 ރުފިޔާ

ސަރވިސް އެލަވަންސް:       -/2000.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:     އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ

 

މަޤާމުގެ ޝަރުތު:           

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ     އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ                   

3. އެޑްމިނިސްޓރޭޝަން / މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:  

  1. ކައުންސިލްގެ ތިޖޫރީ ބެލެހެއްޓުން، މާލިއްޔަތު ފައިސާ، އެނިސްބަތްވާ އެކައުންޓުތަކަށް ޖަމާކުރުން.
  2. މާލިއްޔަތު ރިޕޯޓު ތައްޔާރުކުރުން.
  3. ޗެކް ރަޖިސްޓްރީ ތައްޔާރުކޮށް ބެލެހެއްޓުން.
  4. އާމްދަނީ ލިބޭ /ނެގޭފީތަކުގެ ރަޖިސްޓަރީއެއް ތައްޔާރުކޮށް ބެލެހެއްޓުން.
  5. ޕީ.އެސް.އައިޕީ ފޯމް ތައްޔާރުކޮށ، ބަޖެޓް ކޮންޓްރޯލް، އަދި މަންތްލީ ކޭޝްފުލޯ ތައްޔާރުކުރުން.
  6. ކައުންސިލުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ބިލްތައް ތައްޔާރުކޮށް ފޮނުވުން.
  7. ފައިސާއާއި ގުޅުންހުރި އިޢުލާން ތައްޔާރުކުރުން އަދި ނީލަން ކިޔުން.
  8. ލަފާކުރާ ބަޖެޓް ތައްޔާރުކުރުން،އަދި މާލީ ބަޔާން ތައްޔާރުކުރުން.
  9. ކައުންސިލުން  ކުއްޔަށް ދޫކުރާ މުދަލާއި ހިފާގެންގުޅޭ ތަކެތީގެ ރަޖިސްޓްރީ ތައްޔާރުކޮށް ބެލެހެއްޓުން.
  10. ފައިސާއާއި ގުޅުންހުރި ސިޓީ، މެސެޖު އަދި ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުމާއި ފައިލްކުރުން.

11. މީގެ އިތުރުން، އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލުން ހަވާލުކުރާ އެންމެހައި ކަންކަން ކުރުން.  

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:   

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. ލިބިފައިވާ ހުނަރު

 

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އއ. އުކުޅަހު ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެ އެވެ)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޙަކީ30 ޖަނަވަރީ 2018ވާ އަންގާރަ ދުވަހުގެ 13:00 އެވެ. ފޯމް ހުށަހަޅާނީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލް އިދާރާއަށެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:  

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6660536  ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އީ މެއިލް އެޑްރެހަކީ  [email protected]  އެވެ.      

 

           05 ޖުމާދުލްޢޫލާ 1439

           22 ޖަނަވަރީ 2018

 

22 ޖަނަވަރީ 2018
ހޯދާ